މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖީނުލީ އުޅަނދުތަކުން ބޭރުވާ ދުން ކޮންޓްރޯލް ކުރުމަށް އިންޖީނުލީ އުޅަނދުތަކުގެ އެމިޝަންސް ސްޓެންޑާޑް މުރާޖައާކުރުމަށް އެއަރ ކޮލިޓީ އެކްސްޕާޓެއް ހޯދުމާއި ބެހޭ

އިންޖީނުލީ އުޅަނދުތަކުން ބޭރުވާ ދުން ކޮންޓްރޯލް ކުރުމަށް އިންޖީނުލީ އުޅަނދުތަކުގެ އެމިޝަންސް ސްޓެންޑާޑް މުރާޖައާކުރުމަށް އެއަރ ކޮލިޓީ އެކްސްޕާޓެއް ހޯދުމާއި ބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

އިންޖީނުލީ އުޅަނދުތަކުން ބޭރުވާ ދުން ކޮންޓްރޯލް ކުރުމަށް 2013 ވަނަ އަހަރު މި މިނިސްޓްރީންވަނީ ވެހިކަލް އެމިޝަން ސްޓެންޑާޑެއް ތައްޔާރުކޮށްފައެވެ. މި ސްޓެންޑާޑް ތައްޔާރުކޮށްފައިވަނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ވެހިކަލް އެމިޝަންސް ސްޓެންޑާޑްތަކަށް ބަލައިގެންނެވެ. ސްޓެންޑާޑް  އެކުލަވާލުމުގައި ތެލުގެ ކޮލިޓީއަށް ބަލާލެވިފައި ނުވާތީވެ، ވެހިކަލް އެމިޝަން ސްޓެންޑާޑް ތަންފީޒު ކުރުމުގައި ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.

އިންޖީނު ލީ އުޅަނދުތަކުން ބޭރުވާ ދުމުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ވައިގެ ކޮލިޓީ ރަނގަޅު ކުރމަށް މިހާރު އަމަލުކުރަމުންދާ ވެހިކަލް އެމިޝަން ސްޓެންޑާޑް މުރާޖައާ ކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަށްޖެހޭ ތަކެތި:
ކޮންސަލްޓަންޓްގެ ވަނަވަރު
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް
ފައިނަންޝިއަލް ޕްރޮޕޯޒަލް
މަސައްކަތް ކުރާނެގޮތުގެ ތަފްސީލު

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިވާ ގޮތަށް ސިޓީ އުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

'' އިންޖީނުލީ އުޅަނދުތަކުން ބޭރުވާ ދުން ކޮންޓްރޯލް ކުރުމަށް އިންޖީނުލީ އުޅަނދުތަކުގެ އެމިޝަން ސްޓެންޑާޑް މުރާޖައާކުރުމަށް އެއަރ ކޮލިޓީ އެކްސްޕާޓެއް ހޯދުމާއި ބެހޭ''

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

 

08 މާރިޗު 2018
ހޯދާ