މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލްއިދާރާއަށް ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ހޯދުމާއި ގުޅޭ

އިޢުލާން

ތުޅާދޫ ކައުންސިލްއިދާރާގައި ސެކިއުރިޓީ ކެމަރާ ސިސްޓަމެއް ހަރުކުރުމަށް ބޭނުންވާތީ، އެތަކެތި ތުޅާދޫ ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)321/321/2018/12 އިއުލާނަށް ކައުންސިލުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް 03ފަރާތުން އެސްޓިމޭޓް  ހުށަހަޅުއްވާފައިނުވާތީ، އެއިއުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

 ފަރާތު

ޕޮއިންޓް ދެވޭނެ އުޞޫލު

މާރކްސް ދެވޭ

ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

އަގު

90%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark price/submitted price) x Allocated Percentage

މުއްދަތު

2%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ.

(Submitted Duration/Bench mark duration) x Allocated Percentage

ތަޖުރިބާ

3%

-        މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) ލިޔުންތައް ހުށަހެޅުން، އެންމެ ގިނަ މަސައްކަތްކޮށްފައިވާ ފަރާތަކީ އެންމެ ގިނަ މާރކްސް ލިބޭފަރާތްތަކުގައި ބަލައިގެންނެވެ.

(Experience marks /Bench mark experience marks) x Allocated Percentage

ވޮރަންޓީ

5%

-        މާރކްދެވޭނީ  01 އަހަރު ވޮރަންޓީނަމަ 01 މާރކްސް، 02 އަހަރު ވޮރަންޓީނަމަ 03 މާރކްސް، 02 އަހަރުން މަތީނަމް 05 މާރކްސް

Warranty 01 years 01 marks, 02 year 03 marks more than 2 year 05 marks.

 

 

                 

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރޗް 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ށް ތުޅާދޫ ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2018 މާރޗް 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.

08 މާރިޗު 2018
ހޯދާ