ދިވެހިރާއްޖެ
އިޢުލާން
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރުމުގެ ފުރުޞަތު
ޕްރޮގްރާމްގެ ނަން: ވާރކްޝޮޕް އޮން އިސްލާމިކް ފައިނޭންސް
ދާއިރާ: އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި ކޮންޓްރެކްޓްތައް
ކިޔަވައިދޭ ބަސް: ދިވެހި
ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް.
ތާރީޚާއި ވަގުތު: 21 މާރިޗް 2018 (ބުދަ) ދުވަހުގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް
ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)
ފީ: ބައިވެރިވުން ހިލޭ
ތަން: މާލޭގައި
ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ސީ.އެމް.ޑީ.އޭ ޓްރެއިނިންގ އިންސްޓިޓިއުޓްގެ އީމެެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނަންބަރު 3014103 ނުވަތަ 3336619 ފޯނާ ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއާޚިރާ 1439
08 މާރިޗް 2018