ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: (IUL)270/INDIV/2018/10
އޮޑިއެހެލާ ސަރަޙައްދުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުން މަނާކުރުން:
ހދ.މަކުނުދޫގެ ހުޅަނގުފަރާތު ގޮނޑުދޮށުން (އުތުރު ހުރަސްޖެޓީގެ އުތުރުން) ފުންކުރެވިފައިވާ މޫދުގެ ސަރަޙައްދަކީ އުޅަނދުފަހަރު މަރާމާތު ކުރުމަށްޓަކައި އެހެލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެކެވެ. ނަމަވެސް ގިނަ ޢަދަދެއްގެ ކުދި އުޅަނދުފަހަރު މިސަރަޙައްދުގައި އަޅާފައި ބޭއްވުމުގެ ސަބަބުން އޮޑިފަހަރު އެހެލާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން މިޢިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ވީމާ މަތީގައި ބަޔާންކުރެވިފައިވާ މޫދު ސަރަޙައްދަކީ ( އުތުރު ހުރަސްޖެޓީގެ އުތުރުން ގޮނޑުދޮށާ އިންވެގެން ކޮނެ، ފުންކުރެވިފައިވާ މޫދު ސަރަޙައްދު ) އުޅަނދުފަހަރު އަޅާފައި ބޭއްވުން މަނާ ސަރަޙައްދެއްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ޝުކުރިއްޔާ
20 ޖުމާދަލް އާޚިރާ 1439
08 މާރޗް 2018