ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018" ގެ ޖަޖްކަން ކޮށްދިނުމުގެ ފުރުޞަތު

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ހުށަހަޅާ ޑްރާމާތައް ޖަޖްކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ޖަޖުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށެވެ. އަދި މިމުބާރާތަށް ހުށަހަޅާ ޑްރާމާއެއްގެ އެއްވެސް މަސައްކަތެއްގައި އުޅެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. ޖަޖުކަން ކޮށްދިނުމަށް ހަމަޖެހިފައިވާ ކެޓަގެރީތައް ތިރީގައި އެވަނީއެވެ.

-          ޑްރާމާ

-          ޑައިރެކްޓިންގ

-          އެކްޓިންގ

-          ސްކްރީންޕްލޭ

-          ސިނަމެޓޮގްރަފީ

-          އެޑިޓިންގ

ވީމާ، މިމުބާރާތުގެ ޖަޖްކަންކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮފައިލް އާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އާއި ގުޅުއްވުން އެދެމެވެ.

07 މާރިޗު 2018
ހޯދާ