ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2018 އަދި އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރ އާއި ކޮމިޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރު އިންތިހާބު ކުރުމާއި ބެހޭ ބެހޭ

މިއެސޯސިއޭޝަންގެ އިޢުލާން ނަމްބަރ:BAM/IUL/2018/04 18 ޖަނަވަރީ 2018، އިޢުލާން ނަމްބަރ:BAM/IUL/2018/06 22 ޖަނަވަރީ 2018، އިޢުލާން ނަމްބަރ:BAM/IUL/2018/08 25 ޖަނަވަރީ 2018 އަދި އިޢުލާން ނަމްބަރ:BAM/IUL/2018/12، 11 ފެބްރުއަރީ 2018 ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ އަދި އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ 2 މަޤާމަށް މެމްބަރުން އިންތިހާބުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތް ސެންޓަރ ސެމިނަރރޫމް ގައި 25 މާރިޗު 2018 ވަނަ ދުވަހުގެރޭ 21:00 ގައެވެެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަމްބަރ:BAM/IUL/2018/04 18 ޖަނަވަރީ 2018 އަދި އިޢުލާން ނަމްބަރު:BAM/IUL/2018/12، 11 ފެބްރުއަރީ 2018 ގައި ކޮށްފައިވާ އިޢުލާން އާއި ގުޅިގެން މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ 2 މަޤާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ:

އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރ:

1.  އަހުމަދު ނަދީމް (A039658) /  ބިލެރުމާގެ، ސ.ހިތަދޫ

2.  ސިޔާދު ޙަބީބް(A075798)  / ރީގަލް، ގދ.މަޑަވެލި

 

އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު:

1.އާއިމިނަތު ޢަލީ (A035043)  / ދަފްތަރު ނަންބަރު 2864

2. އައިޝަތު ޔުމްނާ (A074432) / ހ.ނަޣްމާ

3.މިންނާ ރަޝީދު (A130086) / ހަތިކޮޅު، ފ.ނިލަންދޫ

 

ވީމާ މިކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

06 މާރިޗު 2018
ހޯދާ