މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީވެ، 20 މާރޗް 2018 ވަނަ ދުވަހުންފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ކަށިކެޔޮ ގަސްތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގަސްތައް ކުއްޔަށްދޫކުރުމުގައި ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 13 މާރޗް 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޮނުއްވާ ސިޓީގައި ކުއްޔަށް ހިފަން ގަސްތުކުރާ އަގާއި ތިރީގައި ބަޔާންކުރެވިފައިވާ ކަންކަން ހިމެނިފައި އޮތުމާއިއެކު ސިޓީއުރައިގެ ބޭރުގައި "ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުއްޔަކީ 1 އަހަރުގެ މުއްދަތަށް -/1200 (އެއްހާސް ދުއިސައްތަ ރުފިޔާ) އެވެ.
މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1.ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި
2.ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް
3.ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ
ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
•ކުއްޔަށް: %60
•ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25
•ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް:
07 މާރިޗު 2018
ހޯދާ