ދިވެހިރާއްޖެ
އުލިގަމު މެޖިސްޓްރޭޓް ކޯޓު
ހއ.އުލިގަން، ދިވެހިރާއްޖެ
ނަމްބަރު: A2MC-A/2018/01-E
އިޢުލާން
މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓުގެ ފާހާނާ މަރާމާތުކުރުމާއި، ފިޓިންގްސް ބަދަލުކުރުމާއި، ފެންމޯޓަރު ގަތުމާއި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 11 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅަންވާނީ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އުލިގަމު މެޖިސްޓްރޭޓް ކޯޓުގެ ފާހާނާ މަރާމާތުކުރުމާއި، ފިޓިންގްސް ބަދަލުކުރުމާއި، ފެންމޯޓަރު ގަތުމާއި ހަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަން ވާނެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
17 ޖުމާދަލްއާޚިރާ 1439
04 މާރޗް 2018