ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް
އިހަވަންދޫ،
ދިވެހިރާއްޖެ ނަންބަރު:01/2018/A7C-C
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
- މިކޯޓުގެ 02 ފާޚާނާމަރާމާރުކުން.
- މިކޯޓުގެ 02 ފާޚާނާ ފިޓިންގްސް ބަދަލުކުރުން.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 2018 މާރިޗް 11ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗް 2018 ވަނަދުވަހުގެ 14:00 އަށް މިކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައިނުގަނެވޭނެ ކަމަށާއި، ހުށަހަޅާ އެސްޓިމޭޓްތަށް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހަޅާގަޑީގައި، އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި، ކޯޓްގައެވެ.
16 ޖުމާދަލްއާޚިރު 1439
04 މާރިޗް 2018