ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ހޯރަފުށި
ދިވެހިރާއްޖެ
ނަންބަރު: A6C-C2/2018/02
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
- 1. މިކޯޓުގައި މިހާރު ބަހައްޓާފައިހުރި ފެންމޯޓަރާއި، ފެންމޯޓަރު ބަހެއްޓުމަށް ހަދައިފައިހުރި ސްޓޭންޑް ނެގުމަށްފަހު، އައު ސްޓޭންޑެއް ހަދައި ހަރުކޮށް، އައު ފެންމޯޓަރެއް ބެހެއްޓުން
- 2. މިކޯޓުގެ ފާޚާނާގައި ހަރުކޮށްފައިހުރި ލޯގަނޑުނަގައި، އައު ލޯގަނޑެއް ހަރުކޮށްދިނުން
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2018 މާރިޗު 11 ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 15 މާރިޗު 2018 ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ކަމަށާއި، ހުށަހަޅާ އެސްޓިމޭޓްތައް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހަޅާ ގަޑީގައި، އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި، ކޯޓުގައެވެ.
04 މާރިޗު 2018