ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓް
ވަށަފަރު،ދިވެހިރާއްޖެ
ނަންބަރ: A9-MC /IUL/2018/01
އިޢުލާނު
ފާޚާނާ މަރާމާތުކުރުން
މި ކޯޓުގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވިމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗު 11ވާ އާދީއްތަ ދުވަހުގެ 11:00އަށް، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2018 މާރިޗު 15ވާ ބުރާސްފަތި ދުވަހުގެ 11:00އަށް، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މި ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ކުންފުންޏަކުން ހުށަހަޅުއްވާނަމަ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރ 6500507 ފޯނަށް ގުޅުއްވުން އެދެމެވެ.
28 ފެބުރުވަރީ 2018