ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ފަދަކަންކަމަށް ބިންކުއްޔަށްދޫކުރުން
ރަށުގެބަނދަރުގެ ދެކުނުކޮޅުއެއްގަމާ ވީފަރާތުން (ކުރީގެތެޔޮތާގީގެއުތުރުން) ކެފޭ ރެސްޓޯރެންޓް ހެދުމަށް ދޫކުރެވޭ މިރަށުގެ އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3.2 އަދި 3.3 ޖަހާފައިވާ 2700 އަކަފޫޓް ގެ ދެބިން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިދެބިން ކެފޭ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯރމް ވިއްކުން (ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް ) |
20މާރޗް2018 ވާ އަންގާރަ ދުވަހުން ފެށިގެން 28 މާރޗް 2018 ވާ ބުދަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 |
ހިންމަފުށީކައުންސިލްގެ އިދާރާއިން |
މަޢުލޫމާތު ދިނުން |
4 އޭޕްރީލް 2018 ވާ ބުދަ ދުވަސް |
ހެނދުނު 10:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
11 އޭޕްރީލް 2018 ވާ ބުދަ ދުވަސް |
މެންދުރު 12:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.