ކިނބިދޫ ޞިއްޙީ މަރުކަޒު، ތ. ކިނބިދޫ
ދިވެހިރާއްޖެ
ހެލްތް ސެންޓަރ މަރާމާތުކުރުން

 

ކިނބިދޫ ޞިއްޙީ މަރުކަޒު

ތ. ކިނބިދޫ،  ދިވެހިރާއްޖެ

Kinbidhoo Health Centre

Th. Kinbidhoo,  Rep.of Maldives

އިއުލާން

ނަންބަރ :N12-HC/ID/2018/02

               ތ.ކިނބިދޫ ޞިއްޙީމަރުކަޒުގެ ބައެއް ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާން (ނަންބަރ:N12-HC/ID/2018/01) ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވެއެވެ.

               ވީމާ އަލުން މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 މާރޗް 2018 ބުރާސްފަތި ދުވަހުގެ 10:00 އަށް ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކިނބިދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު  ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށައަޅަންވާނެއެވެ.

               އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ  އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 މާރިޗު 2018
ހޯދާ