ދިވެހިރާއްޖެ
MTCC-PD/IU/2018/033. ނަންބަރ:
އިޢުލާން
އެމްޓީސީސީ އަށް ކާގޯ ވޭންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީ އަށް ކާގޯ ވޭންްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗް 2018 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާގެ ބޯޑް ރޫމްގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 19 މާރިޗް 2018 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.
16 ޖުމާދަލް އާޙިރާ 1439
04 މާރިޗް 2018
