ދިވެހިރާއްޖެ
މަޤާމު: |
ލޯންޗު ޑްރައިވަރ |
މަޤާމުގެ ނަންބަރ: |
(J223017) |
ބޭނުންވާ ޢަދަދު: |
1 އެކެއް |
ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 3 |
ކުލެސިފިކޭޝަން: |
ސަޕޯޓްސް ސްޓާފް ގްރޭޑް 3 |
ސެކްޝަން: |
ކޯޕަރޭޓިވް އެފެއާރޒް |
އޮފީސް / އިދާރާ: |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް: |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ / މ. މުލި |
މުސާރަ: |
3875.00ރުފިޔާ (މަހަކު) |
ސަރވިސް އެލަވަންސް: |
1000.00ރުފިޔާ (މަހަކު) |
ސަޕޯޓިންގ ކޯ އެލަވަންސް 1 |
1200.00ރުފިޔާ (މަހަކު) |
އިތުރު ޢިނާޔަތްތައް: |
(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިޔާޔަތްތައް)
|
މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް:
|
1. އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
2. އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗް ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، ލޯންޗައް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލޯންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
3. ލޯންޗުގެ އިންޖީނަށްބޭނުންވާ ޕެޓިރޯލާއި، އަޑީތެލާއި، އެހެނިހެންސާމާނާއި އަދި މީގެއިތުރުންވެސް ލޯންޗަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ މުވައްޒަފަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ހަލާކުވާތަކެތި ކަމާބެހޭ ސެކްޝަނާ ހަވާކުރުން.
4. ދަތުރަށް ފެށުމުގެކުރިން ސަލާމަތާބެހޭތަކެއްޗާ މުއާސަލާތުގެތަކެއްޗާއި ދަތުރަށް ބޭނުންވާ ޕެޓިރޯލާއި އެހެނިހެން ތަކެތި ހަމަޔަށްހުރިތޯބަލާ ޗެކްކުރުން.
5. ލޯންޗުގެ ސަލާމަތީސެޓްފިކެޓްގެ މުއްދަތުހަމަވުމުގެކުރިން ސެޓްފިކެޓް ހެއްދުމަށް ކަމާބެހޭ މުވައްޒަފަށް ހުށަހެޅުން.
6. ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވާކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކުރުން.
7. އަތޮޅު ކައުންސިލް އިދާރާގެ މަތިފަޅު ލޯންޗު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި ވާވެލާވެލިހުރީ ރަނގަޅަށްތޯމަދުވެގެން ދުވާލަކު އެއްފަހަރުބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ފަޅުވެރިންނަށް އަންގައިގެން ރަނގަޅުކުރުން.
8. އަތޮޅު ލޯންޗުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި ދަތުރުތައް ނިންމުމަށްފަހު އެނބުރި ރަށަށްއައިސް ލޯންޗުރަނގަޅަށް ސާފުކޮށް ހަޑިނުވެ އޮންނާނޭހެން ޤަވާޢިދުން މަސައްކަތްކުރަމުން ގެންދިއުމާއި ފަޅުވެރިންލައްވާ ކުރުވުން.
9. ދަތުރުތަކުގައި މަޑުކުރާ ރަށްރަށުގައި މަތިފަޅުލޯންޗު ރަނގަޅަށް ބެލެހެއްޓުމާއި ފަޅުވެރިންލައްވާ އެކަން ކުރުވުން. (ލޯންޗު މަޑުކުރާ ރަށްރަށުގައި ފަޅުގައި ލޯންޗު އޮންނައިރު މަދުވެގެން އެކަކު ލޯންޗުގައިނެތި ހުރިހާމީހުން ލޯންޗުން ފައިބައިގެން ގޮސްގެން ނުވާނެއެވެ.) 10. ދަތުރުކޮށް ނިމުމާއެކު ދަތުރުލޮގު ފުރިހަމަ ކުރުމަށްފަހު (ދަތުރުފެށި ގަޑި، ދަތުރު ނިންމިގަޑި، ދަތުރުކުރި ތާރީޚް، ދިޔަރަށް، ދަތުރުގެ ބައިވެރިން އަދި ދަތުރުގެ ބޭނުން) ވީ އެންމެ އަވަހަކަށް ކަމާބެހޭ މުވައްޒަފަށް ޙަވާލުކުރުން.
11. އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުމާއި ފަޅުވެރިންލައްވާ ކުރުވުން.
|
މަޤާމުގެ ޝަރުތުތައް: |
މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
ކަނޑައެޅިފައިވާ ދާއިރާ |
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ފެންވަރުބަލާފައިވާ ސެޓްފިކެޓް ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓެފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
|
ޝޯޓް ލިސްޓް ކުރުން: |
|
މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ އިންސައްތަ: |
ޖުމްލަ އިންސައްތަ %30 |
އިތުރު މަޢުލޫމާތު ހޯދުން: |
|
10 ޖުމާދަލްއާޚިރާ 1439ޙ.