ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

 (IUL)147-AIT/1/2018/2 : ނަންބަރު

ތާރީޚް: 04 މާރިޗް 2018 

މަޤާމް:

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން  (GS4)

ބޭނުންވާ އަދަދު:

01

މުސާރަ:

  މަހަކު -/5,020 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

އައިޓީ ސެކްޝަން 

މަޤާމުގެ އަސާސީ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު؛

  1. މަތީ ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު GS3 ރޭންކުގައި މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެޑްވާންސް ސެޓިފިކެޓު ޙާޞިލްކޮށްފައިވުން. ނުވަތަ
  3. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު GS3 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

-  ކޮމްޕިއުޓަރުތަކާއި ނެޓްވޯކް އަދި ރެކޯޑިންސިސްޓަމްތަކާއި، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތަކާއި، ސަރވަރ އަދި ވެބްސައިޓަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އައިޓީއާއި ގުޅުންހުރި އެހެނިހެން އިކުއިޕްމަންޓްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ކަންކަންކުރުން.

 - ކޯޓުގެ އިދާރީ މަސައްކަތްތަކާއި ޝަރީޢަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ، އައިޓީއާއިގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިންގ އެލަވަންސްގެ ގޮތުގައި 2700 ރުފިޔާ ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ.
  • ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

12 މާރިޗު 2018 ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.

04 މާރިޗު 2018
ހޯދާ