ދިވެހިރާއްޖެ
ނަމްބަރު: IUL)434-PRC/1/2018/9)
އިޢުލާން |
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އޭޖެންސީގެ ދަށުން ސ.ހިތަދޫގައި ހިންގާ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މާރިޗު 2018 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވުމަށްފަހު 08 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް އަންދާސި ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ.ހިތަދޫގައި ހުންނަ ކޮމިއުނިޓީ ސަރވިސް ސެންޓަރ (އެޑްރެސް: ހަވާއީ /ރަސްގެދަރިމަގު) އަށެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާތިލްކުރެވާނެ ވާހަކަ ދެންނެވީމެވެ. |