ދިވެހިރާއްޖެ
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ގަވަރނިންގ ބޯޑު
މާލެ، ދިވެހިރާއްޖެ
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓް
ތަޢާރަފް
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑަކީ، ޤާނޫން ނަމްބަރ 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް ރިޢާޔަތްކޮށް، ޤާނޫން ނަމްބަރ 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫން) ގައިވާ ގޮތުގެމަތިން އުފައްދާފައިވާ ފަންޑެކެވެ. އަދި މި ރިޕޯޓަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 170 ވަނަ މާއްދާގައި، އިސްވެ ބަޔާންކުރެވުނު ފަންޑަށް ކޮންމެ އަހަރަކު ލިބުނު ފައިސާގެ ޖުމްލަ ޢަދަދާއި ފަންޑުގެ ފައިސާ ޚަރަދުކުރިގޮތް ބަޔާންކުރާ ރިޕޯޓެއް ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ތައްޔާރުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެމާއްދާއަށް ރިޢާޔަޔްކޮށް އެކުލަވާފައިވާ ރިޕޯޓެކެވެ.
ފަންޑަށް ފައިސާ ޖަމާކުރެވޭނެ ގޮތް
މި ފަންޑަށް ޖަމާކުރެވޭނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާއާއި، ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތައް އެކި ފަރާތްތަކުން ހަދިޔާ ކުރާ ފައިސާއެވެ.
ފަންޑުން ޚަރަދުކުރެވޭނެ ކަންކަން
މި ފަންޑުން ޚަރަދުކުރެވޭނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށް އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލްކުރުމަށެވެ.
ޚަރަދުކުރެވޭނެ ގޮތް
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ މަޤްޞަދުތައް ޙާސިލްކުރުމުގެ މަސައްކަތްތައް ތަންފީޛުކުރާ ކޮންމެ އިދާރާއަކުންވެސް ފަންޑުން ފައިސާ ޚަރަދުކުރަން ބޭނުންވާ ކަންތަކުގެ ތަފްޞީލު ހިމެނޭ ޕްރޮޕޯސަލެއް ފަންޑުގެ ގަވަރނިންގ ބޯޑަށް ހުށައެޅިދާނެއެވެ. އަދި އެގޮތުން ހުށައެޅުމެއްލިބުމުން، އެހުށައެޅުން ދިރާސާކޮށް، ފަންޑުން ފައިސާ ޚަރަދުކުރުމުގެ ހުއްދަ ދެވިދާނެއެވެ. މީގެ އިތުރުން، މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ގަވަރނިންގ ބޯޑަށް އިތުރު ހުށަހެޅުމަކާ ނުލައި، ބޯޑުގެ އަމިއްލަ އިސްނެގުމުގެ މަތިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ފަންޑުން ޚަރަދުކުރުން ހުއްދަ ކަންކަމަށް ޚަރަދުކުރަން ކަނޑައެޅިދާނެއެވެ.
ބޯޑު އެކުލަވާލުން އަދިި ގެނެވުނު ބަދަލުތައް
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑު ހިންގައި ބެލެހެއްޓުމަށާއި ފަންޑުން ޚަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ނޭޝަނަލް ޑްރަގް އެޖެންސީއަށް ލަފާދިނުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ގަވަރނިންގ ބޯޑެއް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި 2012 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ ވަނީ ޢައްޔަންކުރައްވާފައެވެ. 2012 ވަނަ އަހަރު ޢައްޔަންކުރެއްވި ބޯޑަށް 2018 ފެބުރުވަރީ 14 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުގެންނަވާފައެވެ.
ފަންޑަށް ލިބުނު ފައިސާ އަދި ޚަރަދުކުރުން
2017 ވަނަ އަހަރުގެ މާރިޗު 1 އިން 2018 ފެބުރުވަރީ 28 އަށް މި ފަންޑަށް ޖަމާކުރެވުނު އަދި ޚަރަދުކުރެވުނު ފައިސާގެ ތަފްޞީލް:
ބާކީ |
ޚަރަދު |
ޖަމާކުރި |
ތަފްޞީލް |
ތާރީޚް |
|
538,580.00 |
އަށް ބާކީ |
01.03.2017 |
|||
619,619.36 |
|
81,039.36 |
17.01.2017 ގައި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ލިބުނު ފައިސާ ފަންޑްގެ ޚަރަދު ތެރެއަށް ވަދެފައިވަނީ 2016 ވަނަ އަހަރުގެ ރިޕޯޓް ތައްޔާރު ކުރެވުނު ފަހުން ކަމަށް ވާތީ 2017 ވަނަ އަހަރުގެ ރިޕޯޓްގައި މިފައިސާ ހިމެނިފައި |
01.03.2017 |
|
492,419.36 |
127,200.00 |
ކްލައިންޓުންނަށް ކައުންސެލިންގ ދިނުމަށްޓަކައި ކައުންސެލިންގ ރޫމް އިތުރު ކުރުމުގެ ގޮތުން އެންޑީއޭ ގައި 03 ކައުންސެލިންގ ރޫމް ހެދުން |
29.03.2017 |
||
559,980.86 |
|
67,561.50 |
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ކްލައިންޓުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތް ކުރުމަށް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ އެއް ހަމަޖެއްސުމަށްޓަކައި އެ މުވައްޒަފުގެ މުސާރަ އަށް ދެއްވި |
17.05.2017 |
|
550,221.98 |
9,758.88 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ އޭޕްރީލް 2017 ގެ މުސާރަ |
24.05.2017 |
||
538,961.73 |
11,260.25 |
|
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ މެއި 2017 ގެ މުސާރަ |
04.06.2017 |
|
532,562.43 |
6,399.30 |
މެލޭޝިއާގެ ފަރުވާދޭ މަރުކަޒެއް ކަމަށްވާ ޕެންގާސީ އަކީ އެންޑީއޭއިން ޤަބޫލުކުރާ ސަޓިފައިޑް ތަނަކަށް ހެދުމަށްޓަކައި އެ ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް އިވެލުއޭޓް ކުރުމަށްޓަކައި އެންޑީއޭގެ ސީއީއޯ މެލޭޝިއާ އަށް ކުރައްވާ ދަތުރުގެ ޓިކެޓް |
15.06.2017 |
||
482,562.43 |
50,000.00 |
|
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕެއް ހެދުމަށްޓަކައި ބައެއް ސާމާން ހޯދުމަށް ނެގި |
18.06.2017 |
|
471,302.18 |
11,260.25 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ޖޫން 2017 ގެ މުސާރަ |
02.07.2017 |
||
466,134.68 |
5,167.50 |
|
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުން ކްލާސް ތަކުގައި ބޭނުން ކުރުމަށް 30 ޕްލާސްޓިކް ގޮޑި ހޯދުމަށް ޚަރަދު ވި |
30.07.2017 |
|
454,874.43 |
11,260.25 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ޖުލައި 2017 ގެ މުސާރަ |
01.08.2017 |
||
461,273.73 |
|
6,399.30 |
މެލޭޝިއާގެ ފަރުވާދޭ މަރުކަޒެއް ކަމަށްވާ ޕެންގާސީ އަކީ އެންޑީއޭއިން ޤަބޫލުކުރާ ސަޓިފައިޑް ތަނަކަށް ހެދުމަށްޓަކައި އެ ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް އިވެލުއޭޓް ކުރުމަށްޓަކައި އެންޑީއޭގެ ސީއީއޯ މެލޭޝިއާ އަށް ކުރެއްވި ދަތުރުގައި އެވަގުތު އެ ސެންޓަރގެ މެނޭޖްމެންޓް އާއި ބައްދަލު ނުކުރެވޭ ގޮތް ވުމާއި ގުޅިގެން ޓިކެޓްގެ ޚަރަދަށް ހިނގި ފައިސާ އަނބުރާ ޖަމާކުރެވިފައި |
06.08.2017 |
|
451,873.73 |
9,400.00 |
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓރުގެ ކްލައިންޓުންގެ މެސް ހޯލް އަށް ބޭނުންވާ ޑައިނިންގ ޓޭބަލް ހޯދުމަށް ޚަރަދު ވި |
06.08.2017 |
||
447,173.73 |
4,700.00 |
|
ހާފްވޭ ހައުސްގެ ކްލަޔަންޓުން ބޭނުންކުރުމަށް އެތަނުގެ މެސްހޯލް އަށް ނެގި މޭޒު ހޯދުމަށް ޚަރަދު ވި |
06.08.2017 |
|
446,659.63 |
514.10 |
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕެއް ހެދުމަށްޓަކައި ކުރަން ޖެހުނު ބައެއް މަރާމާތްގެ ޚަރަދު |
22.08.2017 |
||
440,950.43 |
5,709.20 |
|
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕެއް ހެދުމަށްޓަކައި ކުރަން ޖެހުނު ބައެއް މަރާމާތްގެ ޚަރަދު |
22.08.2017 |
|
430,853.93 |
10,096.50 |
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕެއް ހެދުމަށްޓަކައި ކުރަން ޖެހުނު ބައެއް މަރާމާތްގެ ޚަރަދު |
26.08.2017 |
||
430,122.53 |
731.40 |
|
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕަށް ބޭނުންވާ ފަންކާ ހޯދުމަށް |
26.08.2017 |
|
418,862.28 |
11,260.25 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ އޯގަސްޓް 2017 ގެ މުސާރަ |
02.07.2017 |
||
486,423.78 |
|
67,561.50 |
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ކްލައިންޓުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތް ކުރުމަށް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ އެއް ހަމަޖެއްސުމަށްޓަކައި އެ މުވައްޒަފުގެ މުސާރަ އަށް އިތުރު 06 މަހަށް ދެއްވި ފައިސާ |
19.09.2017 |
|
475,214.34 |
11,209.44 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ސެޕްޓެމްބަރ 2017 ގެ މުސާރަ |
02.10.2017 |
||
451,364.34 |
23,850.00 |
|
އެންޑީއޭ އިން ފަރުވާ ހޯދަމުންދާ ކްލައިންޓުންގެ ރެކޯޑް ފައިލްތައް ބަހައްޓަމުން ގެންދާ ފައިލިންގ ކެބިނެޓް ތައް ފުރި އިތުރު ފައިލްތަކެއް ބަހައްޓާނެ ގޮތެއް ނެތިގެން ކްލައިންޓުންނާއި ގުޅޭ އެންމެހައި ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ފައިލިންގ ކެބިނެޓް ތަކެއް ހޯދުމަށް ހިނގި ޚަރަދު |
16.10.2017 |
|
456,364.34 |
5,000.00 |
ކްލައިންޓުންގެ އަތްތެރި މަސައްކަތް ޕަބްލިކަށް ދައްކާ ލުމަށްޓަކައި ބޭއްވުމަށް ކަނޑައެޅުނު މައުރަޒު ދިމާވި އެކި އެކި ސަބަބުތަކާއި ހުރެ ލަސްވުމާއި ގުޅިގެން މި މައުރަޒަށް ތަކެތި ހެދުމަށްޓަކައި ބޭނުންވާ ބައެއް ސާމާން ހޯދުމަށް ފަންޑުން ނެގި ފައިސާ އަނބުރާ ޖަމާކުރެވިފައި |
17.10.2017 |
||
506,364.34 |
|
50,000.00 |
ހިއްމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް މަރުކަޒު ތެރޭގައި ތިބެގެން ބޭނުންވާ ބައެއް ސާމާން ގަނެވޭނެ ގޮތަށް ހެދުމަށްޓަކައި އެތަނުގައި ޝޮޕެއް ހެދުމަށްޓަކައި ސާމާން ހޯދުމަށް ނެގި ފައިސާ ދިމާވި އެކި އެކި ސަބަބުތަކާއި ހެދި މި ޝޮޕް ހުޅުވުން ލަސްވުމާއި ގުޅިގެން އަނބުރާ ފަންޑަށް ޖަމާކުރެވިފައި |
23.10.2017 |
|
495,130.15 |
11,234.19 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ އޮކްޓޫބަރ 2017 ގެ މުސާރަ |
02.11.2017 |
||
483,285.15 |
11,845.00 |
|
ހިއްމަފުށީ ރިހިބިލިޓޭޝަން ސެންޓަރ ގައި ހުޅުވުމަށް ކަނޑައެޅުނު ފިހާރައަށް ރެކް ހޯދުމަށް ހިންގި ޚަރަދު |
09.11.2017 |
|
463,993.15 |
19,292.00 |
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުން ކްލާސް ތަކުގައި ބޭނުން ކުރުމަށް 100 ޕްލާސްޓިކް ގޮޑި ހޯދުމަށް ޚަރަދު ވި |
09.11.2017 |
||
443,955.37 |
20,037.78 |
|
ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސީޒަންސް ސްރީލަންކާގެ ފަރާތުން ހިންގަވާ ރިހިބިލިޓޭޝަން ސެންޓަރ އެޕްރޫވް ކުރުމަށްޓަކައި ސްރީލަންކާ އަށް ވަޑައިގަތުމަށްޓަކައި ލިބިފައިވާ ދަޢުވަތަކަށް އެގައުމަށް ވަޑައިގަންނަވާ ދަތުރުގެ 03 ބޭފުޅުންގެ ޕްކޮޓްމަނީ އަދި އިތުރުވާ ދުވަސްތަކަށް ހުރުމާއި ކެއުމުގެ ޚަރަދަށް ވާ ފައިސާ |
04.12.2017 |
|
432,736.16 |
11,219.21 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ނޮވެމްބަރ 2017 ގެ މުސާރަ |
05.12.2017 |
||
421,939.66 |
10,796.50 |
|
ފުވައްމުލަކުގައި ހިނގަމުންދާ ސެންޓަރުގައި ކައުންސެލިންގ ދެއްވަމުން ގެންދަވަނީ 01 ކައުންސެލަރ އެއް ކަމަށްވާތީ މި މުވައްޒަފު ޗުއްޓީ އެއް ނެންގެވުމާއި ގުޅިގެން އެ ސެންޓަރުގައި މި މަސައްކަތް ކުރެވޭނެ އިތުރު މުވައްޒަފަކު ނެތުމާއި ގުޅިގެން އެންޑީއޭ އިން ކައުންސެލަރ އެއް ފުވައްމުލަކަށް ފޮނުވުމަށްޓަކައި މި މުވައްޒަފުގެ ދަތުރު ޚަރަދަށް ހިނގި |
06.02.2017 |
|
418,386.54 |
3,553.12 |
ފުވައްމުލަކުގައި ހިނގަމުންދާ ސެންޓަރުގައި ކައުންސެލިންގ ދެއްވަމުން ގެންދަވަނީ 01 ކައުންސެލަރ އެއް ކަމަށްވާތީ މި މުވައްޒަފު ޗުއްޓީ އެއް ނެންގެވުމާއި ގުޅިގެން އެ ސެންޓަރުގައި މި މަސައްކަތް ކުރެވޭނެ އިތުރު މުވައްޒަފަކު ނެތުމާއި ގުޅިގެން އެންޑީއޭ އިން ކައުންސެލަރ އެއް ފުވައްމުލަކަށް ފޮނުވުމަށްޓަކައި މި މުވައްޒަފުގެ ޓިކެޓް ޚަރަދަށް ހިނގި ފައިސާ |
14.12.2017 |
||
421,346.54 |
|
2,960.00 |
ފުވައްމުލަކުގައި ހިނގަމުންދާ ސެންޓަރުގައި ކައުންސެލިންގ ދެއްވަމުން ގެންދަވަނީ 01 ކައުންސެލަރ އެއް ކަމަށްވާތީ މި މުވައްޒަފު ޗުއްޓީ އެއް ނެންގެވުމާއި ގުޅިގެން އެ ސެންޓަރުގައި މި މަސައްކަތް ކުރެވޭނެ އިތުރު މުވައްޒަފަކު ނެތުމާއި ގުޅިގެން ފުވައްމުލަކަށް ވަޑައިގެންނެވި ކައުންސިލަރ ދިމާވި ސަބަބަކާއި ހުރެ ދަތުރު ކުރުކޮށްލަން ޖެހުމާއި ގުޅިގެން އެލަވަންސްތަކަށް ދެވުނު ފައިސާ ޚަރަދު ނުކުރެވޭ ފައިސާ އަނބުރާ ޖަމާ ކުރެވިފައި |
24.12.2017 |
|
412,006.64 |
9,339.90 |
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ޑިސެމްބަރ 2017 ގެ މުސާރަ |
27.12.2017 |
||
398,932.86 |
13,073.78 |
|
ކްލަޔަންޓް އެމްޕްލޯއިމެންޓް ކޯޑިނޭޓަރ ގެ ޖެނުއަރީ 2018 ގެ މުސާރަ |
07.02.2018 |
|
675,580.86 |
276,648.00 |
ސިނަމަން ދޮންވެލި މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން އެންޑީއޭ އަށް 2 ކައުންސެލަރުން ހޯދުމަށް ދެއްވި ފައިސާ |
11.02.2018 |
||
660,253.26 |
15,327.60 |
|
ޑީޓީއާރުސީގެ ކްލައިންޓުންގެ އެކޮމަޑޭޝަން ބްލޮކުގައި ހުރި ފަންކާތަށް ވަރަށްބޮޑަށް ހަލާކުވުމާއި ގުޅިގެން އިތުރު ފަންކާތަކެއް ހޯދުމަށް ހިނގި ޚަރަދު |
21.02.2018 |
|
660,253.26 |
ބާކީ: |
27 ފެބުރުވަރީ 2018