ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް - 2018 ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް - 2018 ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 2018 މާރިޗު 17 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު 05 މާރިޗު 2018 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 05 މާރިޗު 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ބައިވެރިވާންއެދޭ އުމުރު ފުރާ އެނގޭނެހެން ލިޔުމަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިމުބާރާތުގައި 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރައިގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ސްކޫލުތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9199123 / 9842040 އަށް ގުޅުއްވުން އެދެމެވެ.

27 ފެބްރުއަރީ 2018

28 ފެބުރުވަރީ 2018
ހޯދާ