މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

 

ރ. އަނގޮޅިތީމުގައި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ރަށު ޕިކަޕެއް ގަތުމަށް ބޭނުންވެއެވެ. މި ޕިކަޕް ގަތުމަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 08 މާރިޗް 2018ވާ ބުރާސްފަތި ދުވަހު 10:00އަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރެއްވުމަށްފަހު 14 މާރިޗް 2018 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބުގެ މަޢުލޫމާތު

  1. ޕިކަޕް ވިއްކަން އެދޭއަގު (ޖީ.އެސް.ޓީއާއެކު)
  2. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
  3. އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
  4. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ މުއްދަތު
  5. ވެހިކަލްއަށް ދޭ ވޮރަންޓީ

 

ޕިކަޕާބެހޭ މަޢުލޫމާތު

  • ޕިކަޕް ވާންވާނީ 2015ވަނަ އަހަރުން ފަހުގެ އުފެއްދުމަކަށެވެ.
  • ޢަދަދު: 1
  • ބަރުދަން: 1200KG
  • ތެޔޮ: ޕެޓްރޯލް

 

މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. އަދި އަންދާސީ ހިސާބާއެކު ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅާންވާނެއެވެ.

މަޢްލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށާޢި މަޢްލޫމާތު ސާފު ކުރުމަށް އަންނަ ފަރާތްތަކުގެ އައިޑީކާޑު ގެންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.  

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ޕިކަޕް ވިއްކުމަށާއި، އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދިނުމަށާއި، އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ވޮރަންޓީ

10%

  • ވެހިކަލް އަށްދޭ އެންމެ ރަނގަޅު ވޮރަންޓީ
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެ ބޮޑު ވޮރަންޓީއެއް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ވޮރަންޓީއެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތެއް ވޮރަންޓީގެ ގޮތުގައި ދޭ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގައި އެންމެ ގިނަ މާކްސް ދެވޭނީ އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި ޕިކަޕް ފޯރުކޮށްދޭ ފަރާތަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

28 ފެބުރުވަރީ 2018
ހޯދާ