ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ހއ.އުލިގަން،ދިވެހިރާއްޖެ
ނަމްބަރ: IUL)245 /245/2018/6
އިޢުލާން
އަންދާސީ ހިސާބު ހޯދުން:
ހއ.އުލިގަމުގައި އަލަށް އާބާދު ވަމުންދާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 4000 މީޓަރ ކޭބަލް 4mmsqx2c ( ޑަބަލް އިންސްލޭޝަން)
- 50 ލެޑް ސްޓްރީޓް ލައިޓް (50 ވޯޓް ހުދު އަލީގެ)
- 15 ޓައިމަރ ( AC 220V )
- 50 ބްރޭކަރ (B6)
- 15 ބްރޭކަރ (B10)
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06މާރޗް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މާރޗް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 13 މާރޗް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޖުމާދަލްއާޚިރާ 1439
27 ފެބްރުއަރީ 2018