ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އާއި ކ.ތިލަފުށްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ފެރީގެ ޙިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

ނަމްބަރު: TCL/PROC-TA/2018/020

 

ތިލަފުށި ކޯޕަރޭޝަންގެ މުވައްޒަފުން މާލެ އާއި ކ.ތިލަފުށްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުން ވެގެން ހުޅުވާލި ފުރުޞަތު  (TCL/PROC-TA/2018/013) ގައި އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޓީސީއެލް ހެޑް އޮފީސް

-

27 ފެބްރުއަރީ 2018 އިން 01

މާރިޗު 2018 އަށް

09:00 އިން  15:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

04 މާރިޗު 2018

13:30 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

ހޯމަ

05 މާރިޗު 2018

13:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

11 މާރިޗު 2018

13:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

26 ފެބްރުއަރީ 2018

10 ޖުމާދަލްއާޚިރާ 1439 

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި            Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ              Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514       Tel: 3307513, 3307515 Fax: 3307514

 

 

26 ފެބުރުވަރީ 2018
ހޯދާ