އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރަދޫ ބަނދަރުސަރަހައްދުގައި މަސްމާރުކޭޓެއް ޢިމާރާތްކޮއްދޭނެފަރާތެއް ހޯދުމަށް

އިޢުލާން

މަރަދޫ ބަނދަރުސަރަހައްދުން މިއިދާރާއިން ދައްކާތަނެއްގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސްމާރުކޭޓެއް ޢިމާރާތްކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ޚަރަދުގައި މިޢިމާރާތްކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުންއޮންނާނީ 28 ފެބުރުވަރީ 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 05 މާރިޗު 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 7 މާރިޗު 2018ވާ ބުދަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުން ފެށިގެން 2018 މާރިޗު 06 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 06 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

 

އީމެއިލް: [email protected]

ކޮޕީ :  [email protected]   

09 ޖުމާދަލްއާޚިރާ 1439

25 ފެބުރުވަރީ 2018
ހޯދާ