މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމާބެހޭ

 ނަންބަރު: IUL)292-MU/292/2018/9)

އިޢުލާން

 

މިކައުންސިލްގެ ފަރާތުން މިއަހަރު ރަށުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް މިފަހަރު ބާއްވަން ހަމަޖެހިފައިވަނީ މުބާރާތުގެ އެންމެހާ ކަންތައްތައްކުރުމަށް ޢާއްމުކޮށް ހުޅުވާލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާ ކްލަބް ނުވަތަ ޖަމިއްޔާއަކަށެވެ. ޕްރޮޕޯސަލް ހުށައަޅުއްވާ ކްލަބް ނުވަތަ ޖަމިއްޔާ އަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ނުވަތަ ޖަމިއްޔާ އަކަށް ވާން ޖެހޭނެއެވެ.

ވީމާ، މިމުބާރާތް ބާއްވައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 މާރޗް 2018 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ. އަދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 11 މާރޗް 2018 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ.މިލަދޫ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

25 ފެބުރުވަރީ 2018
ހޯދާ