ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮންލައިން މީޑިއާ ޕާރޓްނަރސް ހޯދުމާ ބެހޭ

އިޢުލާން

ނަމްބަރު: TCL/PROC-TA/2018/019

 

ތިލަފުށި ކޯޕަރޭޝަނުން އާންމުކޮށް ކުރާ ޢިއުލާންތައް އޮންލައިންކޮށް 1 އަހަރު ދުވަހުގެ މުއްދަތަށް ޖަހައިދޭނެ، 2 މީޑިއާ ޕާރޓްނަރސް ހޯދަން ބޭނުންވެއްޖެއެވެ .ވީމާ މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ.

 

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

04 މާރިޗު 2018

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

08 މާރިޗު 2018

10:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

 

މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބޑް މީޓިންގ ގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

25 ފެބްރުއަރީ 2018

09 ޖުމާދަލްއާޚިރާ 1439 

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި              Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514         Tel: 3307513, 3307515 Fax: 3307514

 

25 ފެބުރުވަރީ 2018
ހޯދާ