ދިވެހިރާއްޖެ
ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތައް ބަދަލު ކުރުމުގެ މަސައްކަތުގައި ޅ. މާފިލާފުށިން ޅ. ނައިފަރަށް ބަދަލުވުމަށް ބޭނުންވެ އެކަމަށް އެދިފައިވާ ޢާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމެންދެން ވަގުތީގޮތުން ބޯހިޔާވަހިކަމެއް ޅ. ނައިފަރުން ހަމަޖެއްސުމަށްޓަކައި 2 ކޮޓަރީގެ އެޕާޓްމަންޓްއެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، 2 ކޮޓަރީގެ އެޕާޓްމަންޓްއެއް މަހުކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ބައްލަވައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
ބިޑު ޑޮކިޔުމަންޓް ވިއްކުން
25 ފެބުރުއަރީ 2018 އާދީއްތަ ދުވަހުން ފެށިގެން 04 މާރޗް 2018 އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި
ޕްރީ ބިޑު މީޓިންގ
08 މާރޗް 2018 ބުރާސްފަތި ދުވަހުގެ 13:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި
ބިޑު އޯޕަން މީޓިންގ
14 މާރޗް 2018 ބުދަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި
ބިޑު ޑޮކިޔުމަންޓްގެ އަގަކީ -/30 (ތިރީސް) ރުފިޔާއެވެ. ބިޑު ޑޮކިޔުމަންޓް ވިއްކާނީ ބަންދު ނޫން ދުވަސްދުވަހު 8:30 އިން 12:30 އާދެމެދު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއިންނެވެ. ބިޑް ހުށަހެޅޭނީ ބިޑު ގަތް ފަރާތުގެ ނަމުގައެވެ. ބިޑު ބައްލަވާނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގ ގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.