ދިވެހިރާއްޖެ
`
|
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ބ. ތުޅާދޫ، ދިވެހިރާއްޖެ
Secretariat of the Thulhaadhoo Council, South Maalhosmadulu
Ba.Thulhaadhoo, Rep. of, Maldives
ނަންބަރު: (IUL)321/321/2018/33
އިޢުލާން
ތުޅާދޫ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރު މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރޗް 04 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް ތުޅާދޫ ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2018 މާރޗް 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.
07 ޖުމާދުލްޢާޚިރު 1439
22 ފެބްރުއަރީ 2018
ޚާދިމުކުމް
އަޙްމަދު ރަޝީދު
ތުޅާދޫކައުންސިލްގެރައީސް