ދިވެހިރާއްޖެ
މިއީ މި ޑިޕާޓްމަންޓްގެ ނަންބަރު (IUL)166-Schol/166/2018/8 (14 ޖަނަވަރީ 2018) ގައި ކުރެވުނު އިޢުލާނުގެ ދަށުން ސުރުޚީގައި ދެންނެވިފައިވާ ސްކީމަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީއާއި، ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާތީ ކޮށްފައިވާ އިޢުލާނެކެވެ. |
||
ޤައުމު: އިންޑިއާ |
ޖެނެރަލް ސްކޮލަރޝިޕް ސްކީމް |
ސްކީމް: |
15 ފުރުޞަތު 7 ބެޗްލަރސް ޑިގްރީ 8 މާސްޓަރސް ޑިގްރީ |
ކޯހުގެ އަދަދު އަދި ލެވެލް: |
|
http://a2ascholarships.iccr.gov.in/ ގައިވާ އޮންލައިން ޕޯޓަލްގައިވާ ކޯސްތައް |
ކޯހުގެ ދާއިރާ: |
|
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން(ބެޗްލަރސް އޮފް އިންޖިނިއަރިންގ ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް ގައި ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު ހަދާފައިވާ ފަރާތްތަކަށެވެ). 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ: ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 550 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. މާސްޓަރސް ޑިގްރީ - އެދިވަޑައިގަންނަވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. - މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. - އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު - ސްކޫލް ލީވިން ސެޓުފިކެޓު/ސެޓުފިކެޓުތައް - ޕާސްޕޯޓްގެ ޑޭޓާ ޕޭޖް ކޮޕީ - ފުރިހަމަކުރައްވާފައިވާ "ސެޓްފިކްޓް އޮފް ފިޒިކަލް ފިޓްނަސް" ފޯމު - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - 2 އެކަޑަމިކް ރިފަރެންސް ސިޓީ - ޔުނިވަރސިޓީގެ ވެބްސައިޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. - އޮންލައިން އެޕްލިކޭޝަންގެ ޕްރިންޓެޑް ކޮޕީ - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|
- މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އަ.އިސީ.ސީ.އާރުގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން ދެއްވާނެ ޚަރަދުތައް އެނގޭނެ ކަރުދާހަކާއި، "ސެޓްފިކެޓް އޮފް ފިޒިކަލް ފިޓްނަސް" ފޯމު، މި އިޢުލާނާއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައި ވާނެއެވެ. - މި ސްކޮލަރޝިޕަށް ހުށަހަޅުއްވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަނެއް ފުރިހަމަކުރައްވަން ޖެހެއެވެ. އޮންލައިން އެޕްލިކޭޝަން އަދި ސްކޮލަރޝިޕާއިގުޅޭ އިތުރު މަޢުލޫމާތު http://a2ascholarships.iccr.gov.in/ އިން ލިބިވަޑައިގަންނަވާނެއެވެ. - އެމް.ބީ.ބީ.އެސް އަދި ބެޗްލަރސް އޮފް ޑެންޓަލް ސަރޖަރީ، ނާރސިންގ ފަދަ މެޑިސިންއާއި ގުޅުންހުރި ކޯސްތަކަކީ މި ސްކީމްގެ ދަށުން 'އޮފަރކުރާ' ކޯސްތަކެއް ނޫނެވެ. - މި ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ. - މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ އައި.ސީ.ސީ.އާރުންނެވެ. - މި ސްކޮލަރޝިޕަށް އެދި ހުށަހަޅާފަރާތަކީ މިހާރު އިންޑިޔާގައި ކިޔަވަމުން ދާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ. - އައި.ސީ.ސީ.އާރުގެ ދަށުން ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ބޭނުންވާނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ ލޯން އެލަވަންސް ހަމަޖައްސައިދެވޭނެއެވެ. - މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު އެދިލައްވާފައިވާ ކޯސް އަދި ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރަށް ހަމަޖެހޭ ކޯސް، ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ. - ކޯހަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަނުކޮށް ދޫކޮށްލައިފިނަމަ، އެކޯހަށް ހިނގި ޚަރަދު އިންޑިއާ ސަރުކާރަށް ދައްކަންޖެހޭނެއެވެ. - އައި.ސީ.ސީ.އާރު ސްކޮލަރޝިޕް 2019/2018، 2 ސްކީމެއްގެ ދަށުން ޢިއުލާން ކޮށްފައިވާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންވާނީ މީގެތެރެއިން ކޮންމެވެސް 1 ސްކީމަކަށެވެ. އަދި ހުށަހެޅޭނީ 1 ކޯހަށެވެ. 2 ސްކީމަށް، ނުވަތަ 1 ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަން ބާތިލުވާނެއެވެ. - އުސޫލެއްގެ ގޮތުން މި 15 ފުރުޞަތު ބަހާލެވޭނީ ބެޗްލަރސް ޑިގްރީއަށް 7، އަދި މާސްޓާރސް ޑިގްރީއަށް 8 ފުރުޞަތަށެވެ. ނަމަވެސް އެއް ފެންވަރަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ހުށަހަޅުއްވައިފިނަމަ، އަނެއް ފެންވަރަކަށް އޮންނަ ފުރުޞަތުތަކުގެ އަދަދު އިތުރު ކުރެވޭނެއެވެ. - ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. - ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ. - އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެންކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. - ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ. - މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ. - ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. - ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ. - ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ. - މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި، ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ. - އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ. - އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ، ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ. - މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން މި ޑިޕާޓްމަންޓަށް ސެޓްފިކެޓާއިއެކު ކޮޕީ ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ. - އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ. - އެޓެސްޓްކުރި ތަނުގެ ނަން. - އެޓެސްޓްކުރި މީހާގެ ނަން. - އެޓެސްޓްކުރި މީހާގެ މަގާމް. - އެޓެސްޓްކުރި މީހާގެ ސޮއި. - އެޓެސްޓްކުރި ތާރީޚް. - އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ. - އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. - ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި، އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރުމާ ބެހޭ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު |
|
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2017 ފެބްރުއަރީ 26 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307 / 3341461 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ. |
||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3413253 / 3341461 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |