ދިވެހިރާއްޖެ
އިއްލާން
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 01
މުސާރަ: 3100.00 ރުފިޔާ
އެލަވަންސް: 1000ރުފިޔާ
ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅު ނަމަ ކޮންޓްރެކްޓް އާކުރެވޭ އުސޫލުން)
ކޮންޓްރެކްޓް މުއްދަތު: 1 އަހަރު ދުވަސް
ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖް ކުރާ މަރުކަޒު
މަޤާމުގެ އަސާސީ ޝަރުތުތައް:
- އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
- ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތު ކޮށްދިނުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އަނގޮޅިތީމް ކުނި ނައްތާލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓް ކުރުމާއި އެތަކެތި ވަކި ކުރުން
- ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި ކުނި ނައްތާލާ މަރުކަޒަށް ގެންދިއުން
- ކުނި ރިސައިކަލް ކުރުމާއި ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް
- ގޭގެއިން ކުނި ނެގުމުގެ މަސައްކަތް (ޕިކަޕް ގެނައުމުން)
- ކުނި ނައްތާލާ މަރުކަޒާއި ވަށައިގެންވާ ސަރަޙައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން
- ރ. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް
- ކުނި ނައްތާލުމާއި ގުޅުންހުރި އެހެނިހެން ކަންކަން
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން 10%
- މަސައްކަތުގެ ތަޖްރިބާ 20%
- މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 70%
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:
- މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 04 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފުނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 31 މާރިޗް 2018 ގެ ކުރިން މި ކައުންސިލް އިދާރާގައެވެ.
21 ފެބުރުއަރީ 2018