ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ސެކިޔުރިޓީއާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                                   ނަމްބަރ: IUL)221-ASS/2018/1) 

އިޢުލާން

ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

           މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، ވީޑިއޯ ކެމެރާ ފަދަ އާލަތްތައް މެދުވެރިކޮށް އޮފީސް އިމާރާތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 27 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 މާރޗް 2018 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.

           

21 ފެބުރުވަރީ 2018
ހޯދާ