ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒު އެކޮމަޑޭޝަން ބްލޮކް ޢިމާރާތް ކުރުން

ނަމްބަރ:372-A1/2018/07

އިޢުލާން

            ފ.މަގޫދޫ އިޖްތިމާޢީ މަރުކަޒުގެ ގޯތީގައި އެކޮމަޑޭޝަން ބްލޮކެއް ޢިމާރާތްކުރުމަށް ބޭނުންވާތީ، އެ މަސައްކަތް ކޮށްދޭނޭ ފަރާތެއްގެ އަންދާސީ ހިސާބު ހޯދަން ބޭނުންވެއެވެ.

            ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ  މަސައްކަތުގެ ބިޑުފޮތް ބައްލަވައި ގެންނެވުމަށްފަހު، މަޢްލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

            

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގައި

މަޢުލޫމާތު ސާފްކުރުން

2018 ފެބްރުވަރީ 26 ވާ ހޯމަ ދުވަހުގެ 13:30 ގައި

އަންދާސީ ހިސާބު ހުށައެޅުން

2018 މާރިޗް 08 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި

ބިޑްފޮތްވިއްކުން

2018 ފެބްރުވަރީ 21 ވަނަދުވަހުން ފެށިގެން މިއިދާރާއިން ލިބިވަޑައިގަންނަވާނެ. ބިޑްފޮތެއްގެ އަގަކީ -/250ރ އަށް

 

 

            މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ ބިޑްފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފްނުކުރާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތީގައި އެކޮމަޑޭޝަން ބްލޮކެއް ޢިމާރާތްކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                                   04 ޖުމާދަލްއާޚިރާ 1439 

                                 20 ފެބުރުއަރީ   2018 

20 ފެބުރުވަރީ 2018
ހޯދާ