ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމް: |
|||
J-291303 އަދި J-291301 |
މަޤާމުގެ ނަންބަރު: |
|||
02 |
ބޭނުންވާ އަދަދު: |
|||
ދާއިމީ |
މަޤާމުގެ ގިންތި: |
|||
ސްކޫލް އޮފް ޓީޗަރ ޑިވެލޮޕްމަންޓް |
ސެކްޝަން: |
|||
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން |
މަޤާމް އޮތް އޮފީސް: |
|||
ހއ، ށ، ނ، ކ،ދ، ތ، ލ، ފ، އއ އަދި ގދ އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގެ ތެރެއިން ވަޒީފާ ހަމަޖެހޭ އަތޮޅެއްގެ ޓީޗަރ ރިސޯސް ސެންޓަރުގައި |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|||
-/3500 ރުފިޔާ |
ސަރވިސް އެލެވަންސް: |
|||
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
އިތުރުޢިނާޔަތްތައް: |
|||
1. އަތޮޅުގެ ސްކޫލްތަކުގެ އުގެނުމާއި އުނގަންނައ ދިނުމާއި ބެހޭ ބޭނުންތައް ދެނެގަތުމާއެކުހިންގަން ބޭނުންވާ ހަރަކާތްތައް ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރޭވުން. މިގޮތުން އަހަރަކު މަދުވެގެން 5 މަސައްކަތު ބައްދަލުވުން ރާވައި ހިންގުން. 2. ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ އަހަރީ ވޯކްޕްލޭން،ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި މި ޕްލޭންގައިވާ ކަންކަމަށް ޕްރޮޕޯޒަލް، ބަޖެޓް ބްރޭކްޑައުންއާއި އެކު ތައްޔާރުކޮށް، އެހަރަކާތެއް ފެށުމުގެ 2 ހަފްތާ ކުރިން، އެންއައިއީ ނުވަތަ ކަމާ ގުޅޭ ފަރާތަށް ހުށަހެޅުން. 3. އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ކަމާއިބެހޭ ފަރާތްތަކުގެ މަޝްވާރާއާއި އެހީތެރިކަން ހޯދާ، އެކަންކަން ވިލަރެސްކޮށް، ހިންގުން. 4. އުނގެނުމަށް ފަހި މާހައުލެއް ޤާއިމް ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި އެހެނިހެން ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުން. 5. ސްކޫލްތަކަށް އަމާޒްކޮށްގެން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅުގެ ސްކޫލްތަކަށް ކޮންމެ އަހަރަކު މަދުވެގެން 1 ފަހަރު ޒިޔާރަތްކޮށް ކިޔަވައިދިނުމާއި ބެހޭ މަސައްކަތައްބަލައި، ފީޑްބެކް ދިނިން. 6. ސްކޫލްތަކުގެ ފަންނީ ކަންކަމާއި ގުޅުންހުންނަ މައުލޫމާތާއި ޑާޓާއެއްކުރުމާއި ހިންގާ ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނޭގޮތަކަށް ބެލެހެއްޓުން. 7. ޓީ.އާރު.ސީ ހުންނަ ސްކޫލްގެ ހުރިހާ ޓީޗަރުން މަދުވެގެން އަހަރަކު 2 ފަހަރު އޮބްޒާވްކޮށް، ފީޑްބެކް ދިނުމާއި ޓީޗަރުންގެ ކިޔަވައިދިނުން ހުންނަގޮތް އެގޭނެގޮތަށް ވަކިވަކި ޓީޗަރުންގެ ޓީޗިން ޕޯޓްފޯލިއޯ ތައްޔާރުކޮށް އެފައިލްތަށް ބެލެހެއްޓުން. 8. ޓީ.އާރު.ސީ ހުންނަ ސްކޫލްގެ ކްލާސްރޫމްގައި ކޮންމެ އަހަރަކު މަދުވެގެން 10 ނަމޫނާ ފިލާވަޅު ނަގައިދިނުން. 9. ހިންގާ ފަންނީ މަސައކަތްތަކުގެ ފެންވަރު ހިފަހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|||
މަޤާމުގެ އަސާސީ މުސާރަ |
ޝަރުތު |
ކްލެސިފިކޭޝަން |
މަޤާމްގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަނާއި،ރޭންކާއި،އަސާސީ ޝަރުޠާއި،އަސާސީ މުސާރައާއި، |
މަހަކު -/7035 ރުފިޔާ |
- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 |
MS3 |
|
މަހަކު -/7875 ރުފިޔާ |
- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5 |
MS4 |
|
މަހަކު -/8،835 ރުފިޔާ |
- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
EX1 |
|
މަހަކު -/9،890 ރުފިޔާ |
- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
EX2 |
|
މަހަކު -/11،065 ރުފިޔާ |
- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަގާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. އަދި، -ޚިދުމަތުގެ ފެންވަރުބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދައްވެގެން 85 އިންސައްތަ މާކްސް ހޯދައިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 |
EX3 |
|
މަހަކު -/12،400 ރުފިޔާ |
- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަގާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. އަދި، -ޚިދުމަތުގެ ފެންވަރުބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދައްވެގެން 85 އިންސައްތަ މާކްސް ހޯދައިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 |
EX4 |
|
މަހަކު -/13،890 ރުފިޔާ |
- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަގާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. އަދި، ޚިދުމަތުގެ ފެންވަރުބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދައްވެގެން 85 އިންސައްތަ މާކްސް ހޯދައިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 |
EX5 |
|
މަހަކު -/15،560 ރުފިޔާ |
- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަގާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. އަދި، ޚިދުމަތުގެ ފެންވަރުބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދައްވެގެން 85 އިންސައްތަ މާކްސް ހޯދައިފައިވުން. |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11 |
EX6 |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|||||
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|||||
ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nie.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ޢާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|||||
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 04 މާރިޗް 2018 އާއި 15 މާރިޗް 2018 އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
|||||
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
|||||
30% |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
|||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
|
04 ޖުމާދުލްއާޚިރު 1439
20 ފެބްރުއަރީ 2018