ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަޙައްދުން ރެސްޓޯރަންޓް ބިން ދޫކުރުން.
މ. މުލަކު ބަނދަރުގެ އިރުމަތީކޮޅުން އައިސްޕްލާންޓުގެ އުތުރުން ރެސްޓޯރެންޓްހިންގުމަށް 01 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ މަތީގައި ދެންނެވިފައިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
08 މާރިޗް 2018 |
ބުރާސްފަތި |
11:00 |
ބިޑު ހުށަހެޅުން |
19 މާރިޗް 2018 |
އަންގާރަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އަދި މި އިޢުލާނާއިގުޅިގެން މީގެކުރިންކުރެވުނު މިކައުންސިލްގެ ނަމްބަރ (IUL)364-B/364/2018/1 ބާޠިލުކުރެވިފައިވާވާހަކަވެސް ދެންނެވީމެވެ.
04 ޖުމާދަލްއާޚިރާ 1439
20 ފެބުރުވަރީ 2018