ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:            ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަދަދު:              01

މުސާރަ:             7,500ރ.

އެލަވަންސް:    

    ސަރވިސް އެލަވަންސް: 2000ރ

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

     

މަޤާމުގެ މަސްއޫލިއްޔަތު:  ޓްރައިބިއުނަލްގެ އިދާރީ އަދި މުވައްޒަފުންނާގުޅޭ އެންމެހައި މަސައްކަތްތައްކުރުން.

                 ޓްރައިބިއުނަލްގެ އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް ޑިރެކްޓަރގެ ޚިދުމަތް ނުލިބޭއިރު، އިދާރީގޮތުން އޮފީސް ހިންގުން.

ފެންވަރު ނުވަތަ ޝަރުތު: ހިންގުމުގެ ދާއިރާއިން ނުވަތަ ފައިސާއާބެހޭ ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރައްވާފައިވުމާއެކު   އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވު، ނުވަތަ

                 ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް،ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.                 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:   މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 މާޗް 2018 ވާ ބުރާސްފަތި ދުވަހުގެ  13.30ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

      

03 ޖުމާދަލްއާޚިރު 1439

19 ފެބުރުއަރީ   2018

19 ފެބުރުވަރީ 2018
ހޯދާ