ދިވެހިރާއްޖެ
ރަށްވެހިގެ މަރާމާތު ކުރުން
މިއިދާރާގެ ރަށްވެހިގޭގެ ބައެއް މަރާމާތު މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށްއެދި ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2018 ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުވަރީ 28ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ ކުންފުންޏެއްގެ ފަރާތުން ކަމުގައި ވާނަމަ، މައުލޫމާތު ސާފުކުރުމުގެ 01 ގަޑިއިރު ކުރިން އެކަން ބަޔާންކޮށް މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މައުލޫމާތު ލިޔުމުން މިއިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަ ކޮށްފައިނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންފަރާތެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެބޭފުޅެއްގެ ލިޔުމެއް ސޮޔާއި އެކު މިއިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރަށްވެހިގެ މަރާމާތުކުރުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
03 ޖުމާދުލްއާޚިރާ 1439
19 ފެބުރުވަރީ 2018