މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލު ކުރުން
ރައްޔިތުންނާއި ބައްދަލު ކުރުން
ލާމަރުކަޒީ ޤާނޫން 2010/7 ގެ 110 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް މަޢްލޫމާތު ދިނުމަށް ބާއްވަން ލާޒިމްކުރާ ބައްދަލުވުން މި ފެބްރުއަރީ މަހުގެ 26 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާ ގޯތި ތެރޭގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިބައްދަލުވުމުގައި ފާއިތުވި 2017 ވަނަ އަހަރު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް އިއްވުމާއި ކައުންސިލުގެ މާލީ ބަޔާނުގެ ޚުލާސާ އިއްވުން އޮންނާނެއެވެ. ވީމާ މި ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުން އައުމަށް ކައުންސިލުން ދަޢްވަތު އަރުވަމެވެ.
ވީމާ މިކަން އަންގާ އިޢްލާން ކުރީމެވެ.
02 ޖުމާދުލްއާޚިރު 1439
18 ފެބްރުއަރީ 2018
19 ފެބުރުވަރީ 2018
ހޯދާ