ދިވެހިރާއްޖެ
(IUL)242/242/2018/7 :ނަންބަރު
އިޢުލާން
މިކައުންސިލްގެ ގޯތިތެރޭގެ 3025 އަކަފޫޓުގެ އޭރިޔާ އެއްގެ ތެރޭގައި ( ވެރިފަރާތެއް އެގިފައިނުވާ ) ހިލަތަކެއް ހުރުމުގެ ސަބަބުން ގޯތީގެ އިންފާރު ރޭނުމަށް ހުރަސް އެޅިފައިވާތީ، ދަންނަވަމެވެ.
މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މިހިލަތަކުގެ ވެރިފަރާތެއްވާނަމަ ލަސްނުކޮށް މިއިދާރާއަށް ލިޔުމަކުން އެކަން އަންގަވާލަ ދެއްވުން އެދެމެވެ. މިމުއްދަތުގައި ވެރިފަރާތް ކަށަވަރުނުވާނަމަ މިއިދާރާއިން ފެންނަ ގޮތަކަށް އެހިލަތައް ގޯތިތެރެއިން ހުސްކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ފެބްރުއަރީ 2018
މުޙައްމަދު ނާޞިޙް ރަޝީދު
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް