އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ދެފަރާތު ބަނދަރު ބޭނުން ކުރުމާބެހޭ

މިރަށުގެ ދެފަރާތު ބަނދަރުގެ އެކިއެކި ސަރަޙައްދުތަކުގައި އެއްވެސް ތަރުތީބެއްނެތި އަޅާފައިވާ އުޅަނދުތައް ނަގާ ވަކި ތަރުތީބަކުން އެޅުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)347/347/2018/2 (09 ޖަނަވަރީ 2018) އިޢުނާލާއި ގުޅިގެން ވަރަށް ގިނަ އުޅަނދުތައް (ގާތްގަނޑައަކަށް %99.98 އުޅަނދު) ވަނީ ނަގާ މި ދެންނެވި އިޢުލާނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކޮށްފައެވެ.

ވީމާ، މިހާރު ރަށުގެ ދެފަރާތު ބަނދަރުގެ އެކިއެކި ސަރަޙައްދު ތަކުގައި އަޅާފައިވާ އުޅަނދު ތަކުގެ ތެރެއިން 22 ފޫޓަށްވުރެ ކުރު އުޅަނދު ފަހަރު ލަސްވެގެން 7 ދުވަހުގެ ތެރޭގައި ދެކުނު ފަރާތު  ބަނދަރުގެ ހުޅަނގު ވާޓަރަށް ބަދަލުކުރުމަށް ދަންނަވަމެވެ.

22 ފޫޓަށްވުރެ ދިގު އުޅަނދުފަހަރު އެޅުމަށް ހަމަޖެހިފައިވަނީ ދެކުނުފަރާތު ބަނދަރުގެ ހުޅަނގު ވާޓަރު ފިޔަވައި ދެފަރާތު ބަނދަރުގެ އެހެން ވާޓަރުތަކެވެ. އަދި އެއްވެސް އުޅަނދެއް އެއްވެސް ވާޓަރެއްގެ ދިގަށް (މުދާ އަރުވާ ބެލުން ފިޔަވައި) އަޅާފައި ނުބޭއްވުމަށްވެސް ދަންނަވަމެވެ.

18 ފެބުރުވަރީ 2018
ހޯދާ