އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/EST/IUL/2018/08

 

އިޢުލާން

     މި ސްކޫލުގެ ނަމްބަރ GS123/EST/IUL/2018/07 (ތާރީޚް: 13 ފެބްރުއަރީ 2018) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، އެ އިޢުލާނު ބާޠިލުކުރުމަށްފަހު، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި ސްކޫލުގެ މި ދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވާތީ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ،  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

  1. ސްކޫލުގެ ދަރިވަރުންގެ 3 ފާޚާނާގެ ފެންދާ ހޮޅިތައް ސާފުކުރުމާއި ފެންހިންދާ ވަޅުގަނޑާއި ނަޖިސްވަޅުގަނޑު ހިއްކާ ސާފުކުރުން.
  2. ދަރިވަރުންގެ ފާޚާނާގައި މުސްލިމު ޝަވަރ ހަރުކުރުން
  3. ދަރިވަރުންގެ ފާޚާނާތަކުގައި ކެނޑިފައިވާ ފާރުތައް ބެއްދުން

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

2018 ފެބްރުއަރީ 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް

2018 ފެބްރުއަރީ 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

      މަޢުލޫމާތު ސާފުކުރުމަށް ޙާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި،  އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

2 ޖުމާދަލް އާޚިރާ 1439

18 ފެބްރުއަރީ 2018

                               

  

 

18 ފެބުރުވަރީ 2018
ހޯދާ