ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2018

15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 20 މާރިޗު 2018 ން 31 މާރިޗު 2018 ށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާމިމުބާރާތުގެޓީމްއިވެންޓްގައިބައިވެރިވާންބޭނުންވާއެންމެހައިސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައިސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ވާހަކަ ދަންނަވަމެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރައްވަންބޭނުންވާނަމަސަރުކާރުބަންދުނޫންކޮންމެދުވަހެއްގެހެނދުނު 09:00 ންހަވީރު 16:00 ށްމިއެސޯސިއޭޝަންގެފޯންނަމްބަރ (3314057) އަށްގުޅުއްވައިގެންމަޢުލޫމާތުސާފުކުރެއްވުންއެދެމެވެ.

 

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

15 ފެބުރުވަރީ 2018
ހޯދާ