ދިވެހިރާއްޖެ
އިޢުލާން
އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް ޕާޓިސިޕަންޓްސް
މި އަހަރުގެ ޖޫން މަހުގެ 16 ން 30 ށް ގްރީސްގެ އެތެންސްގައި ބޭއްވޭ 58 އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް ޕާޓިސިޕަންޓްސް ކޯހުގައި، މި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވާނެ 20 އަހަރާއި 35 އަހަރާ ދެމެދުގެ 1 އަންހެން އަދި 1 ފިރިހެން ބައިވެރިން ބޭނުންވެއެވެ. ކުދިން ހޮވުމުގައި މީގެ ކުރިން އައި.އޯ.އޭ އަދި އެން.އޯ.އޭ ސެޝަނެއްގައި ބައިވެރިވެފައި ނުވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މި ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ޝަޢުޤުވެރިވެ ލައްވާ 20 އަހަރާއި 35 އަހަރާ ދެމެދުގެ ބޭފުޅުން އެބޭފުޅެއްގެ ބަޔޯ ޑޭޓާ އަދި ވަނަވަރު 22 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މި އެސޯސިއޭޝަނަށް ފޮނުއްވައި ދެއްވުން އެދެމެވެ. ޝަޢުޤުވެރިވެލައްވާ ބޭފުޅުންގެ ބަޔޯ ޑޭޓާ އަދި ވަނަވަރު މެއިލް ކުރައްވާނީ އެ ސޯސިއޭޝަންގެ މެއިލް [email protected] އަށެވެ.