ދިވެހިރާއްޖެ
މަޤާމް : |
ހިއުމަން ރިސޯސް އޮފިސަރ |
މަޤާމް ނަންބަރު : |
J-239056 |
ބޭނުންވާ ޢަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
ރޭންކް: |
އެމް.އެސް 2 |
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް ސެކްޝަން |
މަޤާމު އޮތް އޮފީސް: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / މާލެ. |
މުސާރަ: |
-/ 6295 ރުފިޔާ ( ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
-/ 2000 ރުފިޔާ (ދެހާސް ރުފިޔާ) |
އިތުރު އިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން 2- މިޑިޕާޓްމަންޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ތައްރާވައި މޮނިޓަރ ކުރުން 3- މިޑިޕާޓްމަންޓުގެ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފް ކުރުމާއި މިޑިޕާޓްމަންޓުގެ މަސައްކައްތަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން 4- މިޑިޕާޓްމަންޓްގެ މުވައްޒަފުން ވަޒީފާއާއި ބެހޭގޮތުން ހުށައަޅާ މައްސަލަތައްބަލައި ސުޕަވައިޒަރުގެ ލަފަޔާއެކު ޖަވާބުދިނުން 5- މުވައްޒަފުންގެ ހާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ޙާޟިރީ ރިޕޯރޓް ތައްޔާރުކުރުވައި ޗެކްކުރުން 6- މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން 7- މިޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ޕްރޮގްރާމުތައް ކަނޑައަޅައި ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހިންގުން 8- މިޑިޕާޓްމަންޓުގެ ސުޕަވައިޒަރުން އަންގަވާ ގޮތެއްގެ މަތިން މުވައްޒަފުންނާ ދޭތެރޭ އިޞްލާޙީ ފިޔަވަޅުއެޅުން 9- މުވައްޒަފުންނާ ގުޅޭ ދެންނެވުންތައް މުވައްޒަފުންނަށް އެންގުން 10- ޙަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން 11- ޑިޕާޓްމަންޓުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތުގައި އެހީތެރިވުން 12- ޑިޕާޓްމަންޓުގެ މަސައްކަތުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން |
މަޤާމުގެ ޝަރުތު: |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށައަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާ އަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން |
މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުންލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައާޅާނީ 27 ފެބުރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 01 މާރިޗް 2018 ން 08 މާރިޗު 2018 އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގައި އޮންނާނެއެވެ. ވުމާއެކު މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މިވަޒީފައަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކަށް އެންމެ ދައްވެގެން %30 (ތިރީސް އިންސައްތަ) ލިބެން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323815 ނަންބަރާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މެއިލް ކޮށްގެން ހުށައަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މެއިލް ކުރާ ފަރާތުގެ ޒިންމާއެކެވެ. |