ދިވެހިރާއްޖެ
އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް - 2018 ( މާރިޗު 17 އިން 31 އަށް – މާލެ ސިޓީ )
މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 2018 މާރިޗު 17 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް 2018" ގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 27 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ބައިވެރިވާންއެދޭ އުމުރު ފުރާ އެނގޭނެހެން ލިޔުމަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިމުބާރާތުގައި 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރައިގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ސްކޫލުތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9199123 / 9842040 އަށް ގުޅުއްވުން އެދެމެވެ.