މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ANS Inspector (Technical)

މަޤާމް:

އޭ.އެން.އެސް އިންސްޕެކްޓަރ(ޓެކްނިކަލް)

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

އަސާސީ މުސާރަ އާއި އެލްވަންސް:

އިންޑްރަސްޓްރީ އާއި އަޅާކިޔޭވަރުގެ މުސާރަ އާއި އެލަވަންސް އެއް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- އޭވިއޭޝަން އިލެކްޓްރޯނިކްސް ނުވަތަ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތަށް ބޭނުންވާ ޕްރޮފެޝަނަލް ޓްރެއިނިންގތައް ހާޞިލްކޮށްފައިވުން އަދި މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން

ނުވަތަ

2- އޭވިއޭޝަން އިލެކްޓްރޯނިކްސް ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތަށް ބޭނުންވާ ޕްރޮފެޝަނަލް ޓްރެއިނިންގތައް ހާޞިލްކޮށްފައިވުން އަދި މަދުވެގެން 7 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެއާ ނެވިގޭޝަން ސާވިސަސް އިންސްޕެކްޓަރ (ޓެކްނިކަލްގެ) މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. އެއާ ނެވިގޭޝަންގެ ހިދްމަތްދޭ މަރުކަޒުތައް  އޮޑިޓް ކޮށް އަދި އިންސްޕެކްޓްކޮށް އަދި އެތަންތަން ހިނގަނީ ސިވިލް އޭވިއޭޝަންގެ ޤަވާއިދު ތަކާއި އެއްގޮތަށްތޯ ބަލާ ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ސީނިއަރ އެއާ ނެވިގޭޝަން އޮފިސަަރަށް އެހީތެރިވުން
  3. ވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއާ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި ސީނިއަރ އެއާނެވިގޭޝަން އޮފިސަަރަށް އެހީތެރިވުން
  4. ވައިގެދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގެ އެއާ ނެވިގޭޝަން އާއި ބެހޭ  ޤަވާއިދުތަކާ އުސޫލުތައް ބަލާ މުތާލިޔާކޮށް އިސްލާހުކޮށް ހަރުދަނާކުރުމަށް އެހީތެރިވެދިނުން އަދި ވައިގެދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮއްގެން ވައިގެދަތުރުފަތުރުގެ ސަލާމަތްކަން އިތުރަށް ހަރުދަނާކުރުމައް މަސައްކަތްކުރުން
  5. ގަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއާ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހިތެރިވެދިނުން
  6. ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގިގް ކުރުމުގައި ސީނިއަރ އެއާ ނެވިގޭޝަން ސާރވިސަސް އޮފިސަަރަށް އެހިތެރިވުން
  7. އެއާ ނެވިގޭޝަން އާއިގުޅޭ ކަންކަމުގައި ބޭރުގެ ޖަމާއަތްތަކާ (އައިކާއޯ، ކޮސްކެޕް ފަދަ) ހިންގަންޖެހޭ މުއާމަލާތުގައި އެހީތެރިވެދިނުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

8 މާރޗް ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން:

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

15 ފެބުރުވަރީ 2018
ހޯދާ