މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ި މިނިސްޓްރީގެ ވެބް ސައިޓް އަދި މޯބައިލް އެޕް ޑިޒައިންކުރުން

މި މިނިސްޓްރީގެ ވެބް ސައިޓް އަދި މޯބައިލް އެޕް ޑިޒައިންކުރުމަށް ހެދިފައިވާ 'ރިކުއެސްޓް ފޯރ ޕްރޮޕޯސަލް'އަށް ބަދަލު ގެނައުމަށް ނިންމުމާއި ގުޅިގެން މި ވެބް ސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2017/207 (18 ޑިސެމްބަރ 2017) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް ބާޠިލްކޮށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުން:                  19 ފެބްރުވަރީ 2018، 13:30ގައި

އަންދާސީ ހިސާބު ހުށަހެޅުން:          21 ފެބްރުވަރީ 2018، 13:30ގައި

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ފެބުރުވަރީ 2018
ހޯދާ