ދިވެހިރާއްޖެ
ސާފުރާއްޖެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްސް
"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ފިނޭންސް އޮފިސަރ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ)އިންކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެކެއް (01) ފިނޭންސް އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.
ފިނޭންސް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތުޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާއި އެއްގޮތްވާގޮތުގެ މަތިން މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ހިންގުމާއި ހަވާލުވެފައިވާ ފަރާތަށް ޕްރޮޖެކްޓްގެ ޢަމަލީ ސިފަ ގެނައުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ޕްރޮޖެކްޓްއާއި ބެހޭގޮތުން މުއާމަލަތްކުރުމުގައި އެހީތެރިވެދިނުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ފިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި
ހ) ފައިނޭންސް، އެކައުންޓިންގ ނުވަތަ އެއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާޞިލް ކޮށްފައިވުން.
ށ) ފިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާގައި މަދުވެގެން 03 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
ނ) ޕްރޮޖެކްޓްފައިނޭންސް އާއި ގުޅޭ މަސައްކަތްތަށް މެނޭޖްކުރުމުގެ ނުވަތަ ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި،ބޭރުގެ ފައިނޭންސިންގ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ބ) އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި އަހުލުވެރިވެފައިވުން.
- އަމިއްލަމަސައްކަތް ތަރުތީބުކަމާއި އެކު ފުރިހަމަ ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- -މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 20,000.00 އާއި 25,000.00 ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ (24) މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބުރުއަރީ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018390
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018390 , 3018329 އަށް ގުޅުއްވުން އެދެމެވެ.
14 ފެބުރުވަރީ 2018