މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
13 ފެބްރުއަރީ 2018
13 ފެބުރުވަރީ 2018
ހޯދާ