ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ އެޅުމާގުޅޭ

ނަންބަރު: 05/(IUL)E-380/2018

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

      މިރަށުގައި ހިނަވާގެއެއް އެޅުމަށް ބޭނުންވާތީވެ ކައުންސިލުންދެއްވާ ކުރެހުމާއި،މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

   1 - މިމަސައްކަތަކާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2018  ފެބުރުއަރީ 19 ވާ ހޯމަ ދުވަހުގެ 13.00 ގައި ކައުންސިލް އިދާރާގައެވެ.

   2 - އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2018 ފެބުރުއަރީ 26 ވާ ހޯމަ  ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

   3 – ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް

ތަފްޞީލް

އިންސައްތަ

% 70

ހުށަހަޅާފައިވާ އަގަށް  (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން)                      

% 15

ހުށަހަޅާފައިވާ މުއްދަތަށް (އެންމެ ކުރުމުއްދަތަކީ ބެންޗްމާކުކަމުގައި ބަލައިގެން)

% 5

މަސައްކަތުގެ ތަޖުރިބާއަށް ( ކުންފުނިތަކާއި،ރަސްމީ އިދާރާތަކުގެ ތައްގަޑުޖަހާފައިވާ ލިޔުން)

% 5

މާލީ ޤާބިލްކަން (ފާއިތުވި 3 މަހުގެ ބޭންކް ސްޓޭޓްމަންޓް)    

-          ހުށަހަޅާފައިވާ އަގުގެ 50 އިންސައްތަ ހުރި ނަމަ % 5

-          ހުށަހަޅާފައިވާ އަގުގެ 40 އިންސައްތަ ހުރި ނަމަ % 4

-          ހުށަހަޅާފައިވާ އަގުގެ 30 އިންސައްތަ ހުރި ނަމަ % 3

-          ހުށަހަޅާފައިވާ އަގުގެ 20 އިންސައްތަ ހުރި ނަމަ % 2

-          ހުށަހަޅާފައިވާ އަގުގެ 10 އިންސައްތަ ހުރި ނަމަ % 1

 

% 5

ޤާބިލް ކަމާއި ހުނަރަށް (މިބަޔަށް މާކްސް ދިނުމުގައި ބަލާނެ މިންގަޑު ތަކަކީ،

-          ޕްރޮފައިލް/ ތަޢާރުފް

-          ޕްރޮފެޝަނަލް  އަދި ފަންނީ ފެންވަރު

-          އިކްއިޕްމަންޓާއި އަދި އެހެނިހެން ވަސީލަތްތައް

-          މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު

-          ކުރިންކޮއްފައިވާ އެހެން ޕްރޮޖެކްޓްތަކުގެ ރެކޯޑް

(ޕްރޮފައިލް ނުވަތަ ތަޢާރަފްގައި މި މަޢުލޫމާތު ހިމެނިދާނެއެވެ)               

 

 

 

 

 

 

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އައި.ޑީ.ކާޑް ކޮޕީ/ ވިޔަފާރިކުރާ ފަރާތެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

ށ. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

ނ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން

ރ. އަންދާސީ ހިސާބް

ބ. ބީ.އޯ.ކިޔު

ޅ. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް

ހުށަހަޅަންޖެހޭ ކަމަށް ބާޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

             ވީމާ ، މިކަން ޢާއްމުކޮށް އިޢްލާން ކުރީމެވެ.

11   ފެބުރުއަރީ      2018    

 

11 ފެބުރުވަރީ 2018
ހޯދާ