ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ރެޖިސްޓްރަރ

މަޤާމް :ރެޖިސްޓްރަރ
ބޭނުންވާ އަދަދު :1

   ނަންބަރު: (IUL)223/1/2018/1

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ރެޖިސްޓްރަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު:   22,050/-ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، މައްސަލަތައް ހުށައެޅިއިވަނީ ޓްރައިބިއުނަލުގެ ޤަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރާވައި ހިންގުމާއި، ރެކޯޑް ބެލެހެއްޓުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނޭ އިންތިޒާމް ހަމަޖެއްސުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމިގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
  • ޓްރައިބިއުނަލްގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި،އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތައް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލުގެ މެންބަރުންނަށް ދިނުން.
  • ޓްރައިބިއުނަލަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
  • ޓްރައިބިއުނަލުގެ މެންބަރުންގެ ބައްދަލުވުންތަކުގައި ސެކްރެޓެރިއޭޓް ބެލެހެއްޓުން.
  • ޓްރައިބިއުނަލުގެ ޤަވާޢިދުގައި ޓްރައިބިއުނަލްގެ ރެޖިސްޓްރާރގެ މަސްއޫލިއްޔަތުގައި ބަޔާންކުރާ ކަންކަން ކުރުން.

ޝަރުތު:

ރެޖިސްޓްރަރ- ޑިރެކްޓަރ ލެވެލް:

- ޤާނޫނީ ދާއިރާއިން މާސްޓަސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، އެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުމާއެކު އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ސަރުކާރުގައި ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ޤާނޫނީ ދާއިރާގެ މި  ފެންވަރުގެ މަޤާމެއްގައި ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)
  2. ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެ ވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)
  3. ކަރިކިއުލަމް ވިޓާ (ސީވީ)
  4. ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ޓްރައިބިއުނަލަށް

(މއ. ޖަންބުގަސްދޮށުގެ/ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓް www.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

                                    

                       27 ޖުމަދުލްޢުލާ 1439

                       13 ފެބްރުއަރީ 2018

                           

 

13 ފެބުރުވަރީ 2018
ހޯދާ