ދިވެހިރާއްޖެ
އިޢުލާން
ހުއްދަ ނެތް ކުންފުނިތަކުން ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމާބެހޭ
1439 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ނަންބަރު (IUL)142-C2/1/2018/13 (24 ޖަނަވަރީ 2018) އަދި (IUL)142-C2/1/2018/21 (30 ޖަނަވަރީ 2018) އިޢުލާނުތަކުން ވަނީ އާންމު ކޮށްފައެވެ.
އެހެން ނަމަވެސް މި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން 1439 ވަނަ އަހަރު ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުންދާކަން ވަނީ މި މިނިސްޓްރީއަށް ފާހަގަކުރެވިފައެވެ. މި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމަކީ ޢުމްރާވެރިންނަށް ވަރަށްގިނަ ތަފާތު ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށްވާތީ، އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އަންގަމެވެ.
ވީމާ، ޢުމްރާއަށް ދިޔުމަށް ކުންފުނިތަކަށް ފައިސާ ދައްކަވާއިރު އު ކުންފުންޏަކީ މި މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ބައްލަވާ ކަށަވަރުކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
27 ޖުމާދަލްއޫލާ 1439